ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ޝަރީފުގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުވާތީ، ޤާނޫނު ނަންބަރު:2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ޖުވެނައިލްކޯޓުގެ ޤާޟީކަމުގެ މަޤާމަށް ބަދަލު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފި

6/8/2014

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަރީފާ ބެހޭގޮތުން އެކޯޓުގެ 07 ފަނޑިޔާރަކު ހުށަހެޅުއްވި ޝަކުވާ ތަހުޤީޤުކޮށް ބެލިބެލުމުން ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަރީފުގެ މައްޗަށް ތުހުމަތުކުރެވުނު ސުލޫކީ މައްސަލަ ތަހުޤީޤަށް ސާބިތުވެފައިވާތީ، މި ސުލޫކީ މައްސަލައާ ގުޅިގެން އަޅާ ތައުދީބީ ފިޔަވަޅެއްގެ ގޮތުން، ޤާނޫނު ނަންބަރު: 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް އަލްއުސްތާޛު އަޙުމަދު ޝަރީފް ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމުން ޖުވެނައިލްކޯޓުގެ ޤާޟީކަމުގެ މަޤާމަށް ބަދަލު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

 

 

06 އޯގަސްޓް 2014