ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ކޮމަންވެލްތް ގެ ބޭފުޅުން ބައްދަލުކުރައްވައިފި

6/8/2014

ކޮމަންވެލްތް ގެ ރޫލް އޮފް ލޯ ޑިވިޛަން ގެ ޑިރެކްޓަރ މިސް ކެތަލީނާ ސެޕޯލޫ އަދި ލީގަލް އެންޑް ކޮންސްޓިޓިއުޝަނަލް އެފެއަރޒް ގެ ލީގަލްއެޑްވައިޒަރ މރ. މާކް ގުތަރީ ޖުޑީޝަލް ސަރވސް ކޮމިޝަނާއެކު، މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ގެ އިތުރުން ކޮމިޝަނުގެ ނާއިބުރައީސް އަލްއުސްތާޛު މުޙައްމަދު ފައިސަލް ، މެންބަރ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަދި މެންބަރ ޑރ.މުޙައްމަދު ލަޠީފް އަދި ކޮމިޝަނުގެ ސެކްރެޓަރީޖެނެރަލް އަލްފާޟިލް އަބޫބަކުރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި، މިހާތަނަށް ކުރެވިފައިވާ މުހިއްމު ކަންތައްތަކުގެ އިތުރުން މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ކޮމަންވެލްތާއެކު ޙިއްޞާކުރެވުނެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި، މިކަންތައްތައް ކުރިޔަށް ގެންދިއުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުންވެސް ދެފަރާތުގެ ދެމެދުގައި މަޝްވަރާކުރެވުނެވެ. ކޮމިޝަނުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ޓެކްނިކަލް އެހީއާއި، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގެ ގޮތުން ކޮމަންވެލްތުގެ މަސައްކަތުގެ އޮނިގަނޑުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ކޮމަންވެލްތުން ވަނީ ދެއްވާފައެވެ.

 

06 އޯގަސްޓް