ކޮމިޝަންގެ ނާއިބުރައީސްކަމަށް ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އައްޔަންކުރައްވައިފި

13/7/2014

ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމު އަދާކުރައްވަމުން ގެންދެވި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމަށް ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު މުޙައްމަދު ފައިސަލް މިއަދު ޢައްޔަންކުރައްވައިފއެވެ.

ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމަށް މުޙައްމަދު ފައިސަލް އްޔަންކުރެވުނީ މިއަދު ބޭއްވުނު ކޮމިޝަންގެ ޖަލްސާގައި މިކަމަށްޓަކައި ނެގުނު ސިއްރުވޯޓުގެ ނަތީޖާއިންނެވެ.

ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމުން އަލްއުސްތާޛު ޢަބްދުﷲ ދީދީ އިސްތިއުފާ ދެއްވުމާ ގުޅިގެން މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ އަލްއުސްތާޛު ޢަބްދުﷲ ދީދީ ކޮމިޝަންގެ ނާއިބުރައީސްކަމުގައި ހުންނަވައިގެން ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކުރުމާއި ކޮމިޝަނުން ކުރަންޖެހުނު މަސައްކަތްތައް ކުރުމުގައި ދެއްކެވި ސާބިތުކަމާއި ހިތްވަރަށްޓަކައި ޝުކުރުއަދާކުރައްވާ ވާހަކަ ފުޅުދައްކަވާފައެވެ.