ޖުޑީޝަލް 7 ދާއިރާއަކަށް ދާއިރާ އިސްމެޖިސްޓްރޭޓުން ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމައިފި

12/6/2014

ޖުޑީޝަލް 7 ދާއިރާއެއްގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް 7 ބޭފުޅަކު ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓުންގެ ގޮތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ،ކަނޑައަޅާފައިވާ ކުރައިޓީރިއާއަށް ފެތޭ ފަރާތްތަކާ،ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުން ކަނޑައެޅުމަށް އެކުލަވާލާފައިވާ ޕެނަލުން އިންޓަރވިއުކޮށް،ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓަށް ބެލުމަށްފަހު، މެމްބަރުންގެ ސިއްރުވޯޓުންނެވެ.

އެގޮތުން ދާއިރާ އިސްމެޖިސްޓްރޭޓުންގެ ގޮތުގައި އައްޔަންކުރުމަށް ނިންމި 7 ބޭފުޅުންނާއި އެބޭފުޅުން ޢައްޔަންކުރެއްވި 7 ދާއިރާ ތިރީގައި މިވަނީއެވެ.

 

މެޖިސްޓްރޭޓްގެ ނަން ޢައްޔަންކުރެއްވި ދާއިރާ
  1. މުޙައްމަދު ޢަލިދީދީ، ލައިޓްނިންގ/ ގދ.ތިނަދޫ
ހއ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް
  1. މުޙައްމަދު އިސްމާޢީލް، ނޫރާނީއާގެ / ށ.ފުނަދޫ
ށ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް
  1. މޫސާ ނަސީމް، ވެނަބުލީގެ / ގދ.ގައްދޫ
ކ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް
  1. މުޙައްމަދު އާމިރު، ޑޭލައިޓް / ކ.ގުޅި
އދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް
  1. ޙަސަން ނަޖީބް، ފްރަޝް / ގއ.ވިލިނގިލި
ގއ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް
  1. އަޙްމަދު ޝަރީފް، މީރާގެ / ގދ.ތިނަދޫ
ގދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް
  1. އިބްރާހީމް ޝަރީފް، މިސްކިތްމަގު. އަލްގެދަރު/ ޏ.ފުވައްމުލައް
ޏ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް