މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއަރ ކޯޓުތަކުގައި މަސައްކަތްކުރައްވާ ފަނޑިޔާރުން ގަޑިޖެހޭ ވަގުތަކީ ހެނދުނު 9:00 ކަމުގައި ހަމަޖައްސައިފި

26/5/2014

މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުން ގަޑިޖެހޭ ވަގުތަކީ ހެނދުނު 9:00 ކަމުގައި ހަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖެއްސުމުން ގަޑިޖެހޭނެކަމަށް ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ކޯޓަށް ނުކުންނެވި ނަމަވެސް ގަޑީލާރި ނުކެނޑޭނެ ކަމަށާ، އެހެންނަމަވެސް ކޮމިޝަނުން މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ޕާރފޯމަންސް ބަލާއިރު އެކަމަށް ރިޢާޔަތްކުރާގޮތަށްވަނީ ކަނޑައަޅާފައެވެ.