ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

26/2/2014

ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ދެ ބައްދަލުވުމެއް އިއްޔެ ހިންގައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާ ގުޅިގެން ކުރިއަށް ގެންދިއަ މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ހިއްސާކޮށްފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ކޮބައިކަމާއި ކޮމިޝަންގެ މަސައްކަތްތަކާއި ކޮމިޝަނުން މިހާތަނަށް ހާސިލްކޮށްފައިވާ ކާމިޔާބުތަކާއި އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ޢަމަލުކުރެވޭ ގޮތާއި ޝަކުވާބެލުމުގެ ޕްރޮސީޖާ ރޭވިފައިވާ ގޮތުގެ މައްޗަށެވެ.

މި ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުންނާއި ކޮމިޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.