އުމުރުން 70 އަހަރުވުމުން ރިޓަޔަރކުރާ ފަނޑިޔާރުންނަށްވެސް އިނާޔަތް ދޭންޖެހޭނެ ކަމަށް ކަނޑައަޅައި މިކޮމިޝަނުގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ ޙުކުމަކުމް ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމަށް ކޮމިޝަނުން ނިންމައިފި

17/2/2014

އުމުރުން 70 އަހަރުވުމުން ރިޓަޔަރކުރާ ފަނޑިޔާރުންނަށްވެސް އިނާޔަތް ދޭންޖެހޭނެ ކަމަށް ކަނޑައަޅައި 29 ޖެނުއަރީ 2014 ގައި މިކޮމިޝަނުގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ ޙުކުމަކުމް ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމަށް ކޮމިޝަނުން ނިންމިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމެވީ  އެ މައްސަލައިގެ މަޢުޟޫއާމެދު ސިވިލްކޯޓުން ވަކި ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއްކަމުގައި ނުވާތީއާއި ޙައިކޯޓުގެ މި ޙުކުމަކީ އިޖްރާޢީގޮތުން ފައިސަލާކޮށް ނިންމޭނެ ނިންމުމެއްކަމަށް ކޮމިޝަނަށް ޤަބޫލުނުކުރެވޭތީއެވެ.