ސުޕީރިއަރ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން މިހާރު މަސައްކަތް ކުރަމުންދާ ކޯޓުނޫން އެހެން ކޯޓަކަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފި
ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް ޤާޟީންގެ ޤާބިލްކަން އިތުރުކުރުމަށާއި އިތުރު ތަޖުރިބާ ހޯދައި ދިނުމަށާއި އަދި މި ދާއިރާ އަށް ރައްޔިތުންކުރާ އިތުބާރު އިތުރުކޮށް ދެމެހެއްޓުމަށްޓަކައި ސުޕީރީއަރ ކޯޓުތަކުގެ ޤާޟީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާގުޅޭގޮތުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި ބައްދަލުކުރައްވައި އެބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ މަފްހޫމަށް ބަލައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް 01 ޖެނުއަރީ 2014 އިން ފެށިގެން ތިރީގައިވާ ގޮތަށް ޤާޟީން ބަދަލުކުރުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމިއެވެ.
# |
ނަން (ދާއިމީ އެޑްރެސް / އަތޮޅާއި ރަށް) |
މިހާރު މަސައްކަތް ކުރައްވާ ސުޕީރިއަރ ކޯޓާއި މަޤާމު |
ބަދަލުކުރުމަށް ކޮމިޝަނުން ނިންމެވި ކޯޓާއި މަޤާމު |
1. |
އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު (ބަހާރުގެ / ރ.ހުޅުދުއްފާރު) |
ކްރިމިނަލް ކޯޓުގެ އިސްޤާޟީ ކަމުން |
ޑްރަގް ކޯޓުގެ އިސްޤާޟީކަމަށް |
2. |
އަލްފާޟިލް މުހުތާޒު ފަހުމީ (މ.އަފްޒާ / ކ.މާލެ) |
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުން |
ޑްރަގް ކޯޓުގެ ޤާޟީކަމަށް |
3. |
އަލްއުސްތާޛު ޒުބައިރު މުޙައްމަދު (ދަބުފަށުވިގެ / ފ.ދަރަނބޫދޫ) |
ޑްރަގް ކޯޓުގެ ޤާޟީ ކަމުން |
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް |
4. |
އަލްއުސްތާޛު މުޙައްމަދު ޢީސާފުޅު (ދަފްތަރު ނަންބަރު 6249) |
ޑްރަގް ކޯޓުގެ ޤާޟީ ކަމުން |
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް |
5. |
އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު (މޫރިތި / ދ.މާއެނބޫދޫ) |
ޑްރަގް ކޯޓުގެ ޤާޟީ ކަމުން |
ސިވިލް ކޯޓުގެ ޤާޟީކަމަށް |
6. |
އަލްއުސްތާޛު ޢަލީ ނަޞީރު (ގާރޑެނިޔާވިލާ / ބ.ކިހާދޫ) |
ސިވިލް ކޯޓުގެ ޤާޟީ ކަމުން |
ފެމެލީ ކޯޓުގެ ޤާޟީކަމަށް |
7. |
އަލްއުސްތާޛު އިބްރާހިމް ޢަލީ ގ.ރޭނިސް / ކ.މާލެ) |
ފެމެލީ ކޯޓުގެ ޤާޟީ ކަމުން |
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް |
8. |
އަލްއުސްތާޛު ޙަސަން ޝަފީޢު (ސްވީޓްމީޑް / ކ.ދިއްފުށި) |
ފެމެލީ ކޯޓުގެ ޤާޟީ ކަމުން |
ސިވިލް ކޯޓުގެ ޤާޟީކަމަށް |
9. |
އަލްއުސްތާޛު މުޙައްމަދު ނަޢީމް (ހެލެބެލިގެ / ދ.ކުޑަހުވަދޫ) |
ޖުވެނައިލް ކޯޓުގެ ޤާޟީ ކަމުން |
ޑްރަގް ކޯޓުގެ ޤާޟީކަމަށް |
10. |
އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް (މޯނިންގހައުސް / ބ.ކެންދޫ) |
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުން |
ޖުވެނައިލް ކޯޓުގެ ޤާޟީކަމަށް |
09 ޑިސެމްބަރ 2013