07 ނޮވެމްބަރ 2013 ގައި މެޖިސްޓްރޭޓްކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި 11 ބޭފުޅުން ހުވާކުރެއްވުމާ، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވައިފި

14/11/2013

މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކުރެވުނު ނަންބަރު C/1/2013/10195(19 އޯގަސްޓް 2013) އިޢުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެގެން އެކަމަށްޓަކައި ކަނޑައަޅާފައިވާ ކޮމެޓީން އިންޓަވިއުކޮށް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުމަށް ރިޢާޔަތްކޮށް، އެދިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ހުވާކުރެއްވުމާ، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ޙާއްޞަ ރަސްމިއްޔާތުގައި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓް ކަމުގެ މަޤަށް އައްޔަންކުރެވި ބޭފުޅުންނަށް މަޤާމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ މެންބަރު އަލްއުސްތާޛާ ލަޠީފާ ޤާސިމް އެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނާ ދެއްކެވި ވާހަކަ ފުޅުގައި ފަނޑިޔާރުންގެ ޒިންމާއާ މަސްއޫލިއްޔަތަކީ ބޮޑު މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ކޯޓުތަކުގެ ހައިބަތާއި ގަދަރަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ފަނޑިޔާރުންގެ ޢަމަލުތައް ބެހެއްޓުމަށް ގޮވާލެއްވިއެވެ. މިރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުންގެ މަސައްކަތަކީ ގޮންޖެހުންތައް ގިނަ މަސައްކަތެއްކަމާއި އެހެންނަމަވެސް އެ ވާޖިބު އަދާކުރަންވަނީ ކެއްތެރިކަމާ އިޚްލާސްތެރިކަމާއެކުގައި ކަމުގައި ވިދާޅުވިއެވެ.

އެގޮތުން އެބޭފުޅުން އައްޔަންކުރުމަށް ކަނޑައެޅި ކޯޓުތަކާއި މަޤާމުތައް ތިރީގައި މިވަނީއެވެ.

އައްޔަންކުރުމަށް ކަނޑައެޅި ކޯޓާއި މަޤާމު

ނަން

ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް މއ. ވެލަބުލިގެ އިބްރާހީމް މަޢުމޫރު 1
އދ.ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ބޯގަންވިލާ / އދ.ހަންޏާމީދޫ އަޙްމަދު ރިޒްޚާން މުޙައްމަދު 2
ހދ.ކުމުންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ފިނިވާގެ / ހދ. ކުމުންދޫ އިބްރާހީމް ޢަބްދުލްވާޙިދު 3
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް އެންދެރިމާގެ / ލ. މާވަށް އިސްމާޢީލް މާހިރު 4
ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ހީރާ / ނ. މިލަދޫ އިބްރާހީމް ޝިފާއު 5
ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ދޫރެސް / ކ. ގާފަރު އަޙްމަދު ވިރުޝާން 6
ށ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ޗަބޭލީގެ / ށ. ފޭދޫ އަޙްމަދު ޒިޔާދު 7
ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް މުރިގު / ލ. އިސްދޫ މުޙައްމަދު މުނާޒް 8
ރ.ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް އަޅިވިލާ / ރ. ވާދޫ ނަޛީރު މުޙައްމަދު 9
ރ.ރަސްގެތީމު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކުރިކީލަގެ / ރ. ހުޅުދުއްފާރު އަޙްމަދު ޝިހާމް 10
ތ.މަޑިފުށި މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ޒުނޯރިޔާ / ލ. އިސްދޫ އަޙްމަދު ނިޔާޒު 11

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއާއި އެކޮމިޝަންގެ ބައެއް މެމްބަރުންނާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިންނާއި ކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައި ގެންނެވިއެވެ.

13 ނޮވެމްބަރު 2013