6 މެޖިސްޓްރޭޓްކު މަޤާމުން މުސްކުޅިކުރުވައިފި
“ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު” ގެ ދަށުން 6 މެޖިސްޓްރޭޓަކު އެބޭފުޅުން މިހާރު އަދާކުރައްވަމުން ގެންދަވާ މެޖިސްޓްރޭޓްކަމުގެ މަޤާމުން 1 ޑިސެމްބަރު 2013 އިން ފެށިގެން މުސްކުޅިކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.
މިއަދު ބޭއްވުނު ކޮމިޝަންގެ ޖަލްސާގައި މުސްކުޅިކުރުވާފައިވާ ބޭފުޅުން ތިރީގައި މިވަނީއެވެ.
# |
ނަން |
ވަޒީފާ އަދާކުރައްވާ ކޯޓާއި މަޤާމް |
1 |
ޢަލީ އާދަމް |
ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް |
2 |
ޢަބްދުﷲ ޙަސަން |
އއ. ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް |
3 |
ޢަބްދުލްވައްޙާބް ޙަސަންފުޅު |
ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓްގެ ކޯޓް އިސްމެޖިސްޓްރޭޓް |
4 |
އިބްރާހީމް ސަޢީދު ހުސައިން |
ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް |
5 |
ޢީސާ މޫސާ |
ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް |
6 |
އަޙްމަދު ނާޞިރު |
ށ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް |