ސްޕީރިއާ ކޯޓުތަކުގެ ޤާޟީކަމުގެ މަޤާމަށް ޢަންޔަންކުރެއްވި ބޭފުޅުން މަޤާމުގެ ހުވާކުރައްވައި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުއަރުވައިފި

27/10/2013

ސްޕީރިއާ ކޯޓުތަކުގެ ތެރެއިން ކުރިމިނަލް ކޯޓާއި ސިވިލްކޯޓާއި ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ޢަންޔަންކުރެއްވި 7 ބޭފުޅުން މަޤާމުގެ ހުވާކުރައްވައި އެވޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ޙާއްޞަ ރަސްމިއްޔާތުގައި ސްޕީރިއާ ކޯޓުތަކުގެ ޤާޟީކަމުގެ މަޤަށް އައްޔަންކުރެވި ބޭފުޅުންނަށް މަޤާމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު ފާއިޒު ޙުސައިނެވެ. ސުޕީރިއާ ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ޢައްޔަންކުރައްވައި ފަތްކޮޅު އެރުވުނު ބޭފުޅުންނަކީ

  1. ގއ.ވިލިގިލީ ހިލިހިލާއާގެ އަލްއުސްތާޛު ޝުޖާޢު އުޘްމާން ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް
  2. ނ.މަނަދޫ އަނބުގަސްދޮށުގެ އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް
  3. ގދ.ފިޔޯރީ ލަންސިމޫގެ އަލްއުސްތާޛު ފަރުހާދު ރަޝީދު ސިވިލް ކޯޓުގެ ޤާޟީކަމަށް
  4. ގއ.ގެމަނަފުށި ދުބުރިމާގެ އަލްއުސްތާޛު ޙުސައިން މަޒީދު ސިވިލް ކޯޓުގެ ޤާޟީކަމަށް
  5. ކ.ދިއްފުށި ސްވީޓްމީޑް އަލްއުސްތާޛު ޙަސަން ޝަފީޢު ފެމެލީ ކޯޓުގެ ޤާޟީކަމަށް
  6. ސ.މަރަދޫ ރޯސްގާރޑަން އަލްއުސްތާޛު މުޙައްމަދު ސަމީރު ފެމެލީ ކޯޓުގެ ޤާޟީކަމަށް
  7. ގ.ރޭނިސް އަލްއުސްތާޛު އިބްރާހީމް ޢަލީ ފެމެލީ ކޯޓުގެ ޤާޟީކަމަށް

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއާއި އެކޮމިޝަންގެ ބައެއް މެމްބަރުންނާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިންނާއި ކޮމިޝަންގެ އިސްވެރިން ބައިވެރިން ލެއްވިއެވެ.