ސްޕީރިއާ ކޯޓުތަކުގެ ޤާޟީކަމުގެ މަޤާމަށް 7 ބޭފުޅަކު ޢަންޔަންކުރުމަށް ކޮމިޝަނުން ނިންމައިފި

23/10/2013

ސްޕީރިއާ ކޯޓުތަކުގެ ތެރެއިން ކުރިމިނަލް ކޯޓާއި ސިވިލްކޯޓާއި ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ބޭފުޅުން ޢަންޔަންކުރުމަށް ކޮމިޝަނުން މިއަދު ނިންމައިފިއެވެ. މިގޮތުން ނިންމެވީ ކްރިމިނަލް ކޯޓުގެ ޤާާޟީކަމަށް 2 ބޭފުޅުން، ސިވިލް ކޯޓުގެ ޤާޟީކަމަށް 2 ބޭފުޅުން، އަދި ފެމެލީ ކޯޓުގެ ޤާޟީކަމަށް 3 ބޭފުޅުންނެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ ކޮމިޝަނުގެ ނަންބަރު: 195-A/1/2011/13 (IUL)  (06 ޖުލައި 2011 ) އިޢުލާނާ ގުޅިގެން ޤާޟީކަމުގެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ޝަރުތުހަމަވާ ފަރާތްތަކުގެ ތެެރެއިން، ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢަންޔަންކުރުމަށް އެކުލަވާލެވިފައިވާ ޕެނަލުން އިންޓަރވިއުކޮށް، އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތަރުތީބުން ވޯޓަށް އަހައިގެންނެވެ.

މިގޮތުން ބޭފުޅުން ޢަންޔަންކޮށްފައިވާ ކޯޓުތަކާއި މަޤާމުތަކަކީ؛

  1. ގއ.ވިލިގިލީ ހިލިހިލާއާގެ އަލްއުސްތާޛު ޝުޖާޢު އުޘްމާން ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް
  2. ނ.މަނަދޫ އަނބުގަސްދޮށުގެ އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް
  3. ގދ.ފިޔޯރީ ލަންސިމޫގެ އަލްއުސްތާޛު ފަރުހާދު ރަޝީދު ސިވިލް ކޯޓުގެ ޤާޟީކަމަށް
  4. ގއ.ގެމަނަފުށި ދުބުރިމާގެ އަލްއުސްތާޛު ޙުސައިން މަޒީދު ސިވިލް ކޯޓުގެ ޤާޟީކަމަށް
  5. ކ.ދިއްފުށި ސްވީޓްމީޑް އަލްއުސްތާޛު ޙަސަން ޝަފީޢު ފެމެލީ ކޯޓުގެ ޤާޟީކަމަށް
  6. ސ.މަރަދޫ ރޯސްގާރޑަން އަލްއުސްތާޛު މުޙައްމަދު ސަމީރު ފެމެލީ ކޯޓުގެ ޤާޟީކަމަށް
  7. ގ.ރޭނިސް އަލްއުސްތާޛު އިބްރާހީމް ޢަލީ ފެމެލީ ކޯޓުގެ ޤާޟީކަމަށް