ސިވިލްކޯޓުގެ އިސްޤާޟީ ކަމުގެ މަޤާމަށް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމައިފި

23/10/2013

ސިވިލްކޯޓުގެ އިސްޤާޟީ ކަމުގެ މަޤާމަށް އެކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލްކޯޓުގެ އިސްޤާޟީ ކަމުގެ މަޤާމަށް ކޮމިޝަނުން ބޭފުޅަކު ޢައްޔަންކުރުމަށް ނިންމަވާފައި ވަނީ، 2010/22 (ދިވެހިރާއްޖޭގެ ކޯޓުގެ ޤާނޫނު)ގެ 54 ވަނަ މާއްދާގެ (ވ) ގެ ދަށުން ސިވިލްކޯޓުގެ އިސްޤާޟީ ކަމުގެ މަޤާމަށް ކުރިމަތިލުމަށް ކޮމިޝަނުން ހުޅުވާލި ފުރުޞަތާ ގުޅިގެން ސިވިލްކޯޓުގައި ތިބި ޤާޟީންގެ ތެރެއިން އެމަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން “ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން އިސް ޤާޟީން ހަމަޖެހިފައިނުވާ ކޯޓްތަކަށް އިސް ޤާޟީން ހަމަޖެއްސުމަށް އެކުލަވާލެވިފައިވާ ޕެނަލް” އިން އިންޓަރވިއު ކުރުމަށްފަހު މާކްސް ޝީޓުގެ ލިސްޓުގައިވާ ތަރުތީބުން އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވީ، ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ކަމަށްވާތީއެވެ.