ޅ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވި އަލްއުސްތާޛު މުޙައްމަދު މޫސާ އަށް މަޤާމުގެ ފަތްކޮޅު އަރުވައިފި

ޅ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވިފައިވާ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވި ޅ.ނައިފަރު ސިނަމާގޭ އަލްއުސްތާޛު މުޙައްމަދު މޫސާއަށް މަޤާމުގެ ފޮތްކޮޅު އަރުވައިފިއެވެ.
މިކަމަށްޓަކައި މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޅ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވިފައިވާ އަލްއުސްތާޛު މުޙައްމަދު މޫސާއަށް މަޤާމުގެ ފަތްކޮޅު ދެއްވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިއީ ވަރަށް ޒިންމާދާރު، އެހާމެ މުހިންމު މަސައްކަތެއްކަމާއި، އެހެންކަމުން މަޤާމުގެ ވާޖިބުތައް ފުރިހަމައަށް އިންސާފުވެރިކަމާއެކު އަދާކުރައްވަމުން ގެންދިއުމަށް ޢިލްތިމާސްކުރެއްވިއެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލާއި ކޮމިޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.