ޅ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް އަލްއުސްތާޛު މުޙައްމަދު މޫސާ ހަމަޖެއްސުމަށް ކޮމިޝަނުން ނިންމައިފި

21/8/2013

ޅ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވި ޅ.ނައިފަރު ސިނަމާގޭ އަލްއުސްތާޛު މުޙައްމަދު މޫސާ ހަމަޖެއްސުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ހަމަޖެއްސެވީ މިހާތަނަށް ދާއިރާ އިސްމެޖިސްޓްރޭޓުން ނެތްދާއިރާތަކުގެ ތެރެއިން ހަތަރު ދާއިރާކަމުގައިވާ ހދ، ށ، ޅ އަދި ޏ ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންގެ ތެރެއިން އެ ބޭފުޅުން މަސައްކަތްކުރައްވާ ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ، ކަނޑައަޅާފައިވާ ކުރައިޓީރިއާއަށް ފެތޭ ފަރާތްތަކާ، ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓުން ކަނޑައެޅުމަށް އެކުލަވާލާފައިވާ ޕެނަލުން އިންޓަރވިއުކޮށް، ކޮމިޝަނަށް ހުށަހަޅާފައިވާ މަޢުލޫމާތުތަކަށް ބެއްލެވުމަށްފަހު، މިއަދު ބޭއްވުނު ކޮމިޝަންގެ ޖަލްސާގައެވެ. މިގޮތުން ޅ.ޖުޑީޝަލް ދާއިރާ ފިޔަވައި ދެންހުރި ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް އައްޔަންކުރުމަށް ފެންނަކަމަކަށް ކޮމިޝަނުން ފާހެއް ނުވިއެވެ.