35 ކޯޓުއިސްމެޖިސްޓްރޭޓުންނާއި 5 މެޖިސްޓްރޭޓެއްގެ މަޤާމަށް ކޮމިޝަނުން އިޢުލާން ކޮށްފި

19/8/2013

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 35 ކޯޓެއްގެ ކޯޓުއިސްމެޖިސްޓްރޭޓްކަމަށާއި މެޖިސްޓްރޭޓްކަމުގެ 5 މަޤާމަށް ބޭފުޅުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިޢުލާން ކޮށްފިއެވެ.

ޖުމްލަ 40 މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކޮށްފައިވާ އިޢުލާނުގައި ވާގޮތުން، މި މަޤާމުތަކަށް ޝަތުރު ހަމަވާ ބޭފުޅުން 2 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތަޢުލީމީ ލިޔެކިޔުންތަކާއި ވަނަވަރާއި އަދި މިނޫސްވެސް ކަމާގުޅޭ އެންމެހާ ލިޔުންތަކާއެކު ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަހަޅަންޖެހެއެވެ. މި މަޤާމުތަކަށް ކުރިމަލާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ މެޖިސްޓްރޭޓް ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.