ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ބައެއް ދަރިވަރުންނަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާ ބެހޭގޮތުން މަޢުލޫމާތު ދީފ

29/7/2013

ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާގެ ޖަލްސާކުރާ މާލަމުގައި މިއަދު (29 ޖުލައި 2013) ކުރިއަށް ގެންދިއަ މި ޕްރޮގްރާމްގައި ދަރިވަރުންނަށް މަޢުލޫމާތު ދިީފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން އުފެދިގެން އައިގޮތާއި، ކޮމިޝަންގެ މެންޑޭޓާއި، ކޮމިޝަން މަސައްކަތްކުރާ ގޮތާއި އަދި ކޮމިޝަނާ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާތާއި، ކޮމިޝަނުން ފަނޑިޔާރުންގެ ޝަކުވާ ބެލުމުގައި ޢަމަލުކުރަމުންދާ ގޮތާއި، ކޮމިޝަނުން މިހާތަނަށް ހާސިލްކޮށްފައިވާ ކާމިޔާބުތަކާއި، މަސައްކަތްކުރުމުގައި ކޮމިޝަނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި ކަރުދާސް ހުށަހަޅުއްވައި ދެއްވާފައިވަނީ ކޮމިޝަންގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛު ޙަސަން ފަޙީމް އިބުރާހީމާއި، ޑިރެކްޓަރ އަލްފާޟިލާ މުއުމިނާ އުމަރާއި، ސީނިއަރ މީޑިއާ އޮފިސަރ އަލްފާޟިލް ޙަސަން ޒަހީނެވެ. މި ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލީފްލެޓާއި ލުއިފޮތް ދަރިވަރުންނަށް ބަހާފައިވެއެވެ. އަދި ދަރިވަރުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދިނުން އޮތެވެ. މި ބައްދަލުމުގައި ކުއްލިއްޔާގެ ގިނައަދަދެއްގެ ދަރިވަރުންނާއި ބައެއް ފެކަލްޓީތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.