ޤައުމީ ޔުނިވަރސިޓީގެ ބައެއް ދަރިވަރުންނަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާ ބެހޭގޮތުން މަޢުލޫމާތު ދީފ

24/7/2013

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވަމުންދާ ދަރިވަރުންނަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ރޭ (23 ޖުލައި 2013) ކުރިއަށް ގެންދިއަ މި ޕްރޮގްރާމްގައި ދަރިވަރުންނަށް މަޢުލޫމާތު ދިީފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން އުފެދިގެން އައިގޮތާއި، ގޮމިޝަންގެ މެންޑޭޓާއި، ކޮމިޝަން މަސައްކަތްކުރާ ގޮތާއި އަދި ކޮމިޝަނާ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާތާއި، ކޮމިޝަނުން ފަނޑިޔާރުންގެ ޝަކުވާ ބެލުމުގައި ޢަމަލުކުރަމުންދާ ގޮތާއި، ކޮމިޝަނުން މިހާތަނަށް ހާސިލްކޮށްފައިވާ ކާމިޔާބުތަކާއި، މަސައްކަތްކުރުމުގައި ކޮމިޝަނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި ކަރުދާސް ހުށަހަޅުއްވައި ދެއްވާފައިވަނީ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަބޫބަކުރު މުޙައްމަދާއި، ކޮމިޝަންގެ ސީނިއަރ ލީގަލް ކޮންޕްލެއިންސް އޮފިސަރ އަލްއުސްތާޛާ ޒޫނާ މުޙައްމަދާއި ކޮމިޝަންގެ ސީނިއަރ މީޑިއާ އޮފިސަރ އަލްފާޟިލް ޙަސަން ޒަހީނެވެ.

މި ބައްދަލުވުމުގައި ކޮމިޝަނާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލީފްލެޓާއި ލުއިފޮތް ދަރިވަރުންނަށް ބަހާފައިވެއެވެ. އަދި ދަރިވަރުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދިނުން އޮތެވެ. މި ބައްދަލުމުގައި ޤައުމީ ޔުނިވަރސިޓީގައި ޝަރީއަތާއި ޤާނޫނު ކިޔަވަމުންދާ ގިނައަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.