ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދާގުޅޭ ގޮތުން ކޮމިޝަނަަށް ހުށަހެޅިފައިވާ މައްސަލަ ދިރާސާ ކުރަމުންދާ ކޮމިޓީގެ 02 މެންބަރަކު އެކޮމެޓީން އިސްތިއުފާ ދެއްވައިފި.

18/7/2013

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާ ދިރާސާ ކުރުމަށް އުފެއްދެވި ތަހުޤީޤު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މިކޮމިޝަނުގެ 03 މެންބަރުންގެ ތެރެއިން 02 މެންބަރަކު އިސްތިއުފާ ދެއްވައިފިއެވެ.

ކޮމިޓީން އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު ޢަބުދުﷲ ދީދީއާއި، ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައިވާ މެންބަރ އަލްއުސްތާޛާ ލަތީފާ ޤާސިމް އެވެ.