ކޮމިޝަނުގެ މުވައްޒަފުންނަށް ދެމުންގެންދާ 45 މިނިޓުގެ ހުސްވަގުތުކޮޅު އެއްގަޑިއިރަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފ

4/6/2013

2 މެއި 2013 ފެށިގެން ސިވިލް ސަރވިސްއިން މަސައްކަތު ގަޑީގައި ދޭ ހުސްވަގުތުކޮޅު 1 ގަޑިއިރަށް ބަދަލުކުރުމާ ގުޅިގެން ކޮމިޝަންގެ މުވައްޒަފުންނަށް ދެމުންގެންދިއަ 45 މިނިޓުގެ ހުސްވަގުތުކޮޅުވެސް އެއްގަޑިއިރަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށްނިންމީ ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑި 21 މާޗް 2012 ގައި ބަދަލުވުމާ ގުޅިގެން ކޮމިޝަނުގެ މަސައްކަތު ގަޑި 1 މެއި 2012 ން ފެށިގެން ބަދަލުވުމާ ގުޅިގެން ކުރިން ކޮމިޝަނުގެ މުވައްޒަފުންނަށް ހުސްވަގުތުގެ ގޮތުގައި ލިބެމުން އައި 1 (އެކެއް) ގަޑިއިރު، ސިވިލް ސަރވިސްގެ ހުސްވަގުތާ އެއްގޮތަށް 45 މިނެޓަށް ބަދަލުވެފައިވީނަމަވެސް، 2 މެއި 2013 ފެށިގެން ސިވިލް ސަރވިސް އިން މަސައްކަތު ގަޑީގައި ދޭ ހުސްވަގުތު 1 ގަޑިއިރަށް ބަދަލުކުރުމާ ގުޅިގެންނެވެ. އެގޮތުން ކޮމިޝަނުގެ މުވައްޒަފުންނަށް މަސައްކަތު ގަޑިގައި ދެވޭ ހުސްވަގުތުކޮޅު 1 ގަޑިއިރަށް ދެވެނީ މެންދުރު 12:00 ން މެންދުރުފަހު 2:00 އާ ދެމެދުގައިކަމަށާއި މި ނޫން ވަގުތުތަކުގައި އެ ހުސްވަގުތު ދޭންވާނީ، ސެކްރެޓަރީ ޖެނެރަލް ނުވަތަ އެވަގުތު ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނެވި ބޭފުޅެއްގެ ހުއްދަ ލިބިގެންކަމަށާއި އެ މުވައްޒަފަކަށް ހުސްވަގުތުގެ ގޮތުގައި ދެވޭ 1 (އެކެއް) ގަޑިއިރުގެ ތެރެއިން އުނިކުރާގޮތަށްކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.