މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ޒަކާތު ކޮމިޓީއަށް ކޮމިޝަނުގެ މެންބަރު އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން ހަމަޖައްސައިފި

4/6/2013

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަލަށް އުފެއްދުމަށް ހަމަޖެހިފައިވާ ޒަކާތު ކޮމިޓީގައި ކޮމިޝަންގެ ފަރާތުން ހިމެނިވަޑަގަންނަވަނީ ކޮމިޝަންގެ މެމްބަރު އަލްފާޟިލް މުޙައްމަދު ފަޙުމީ ޙަސަން ކަމުގައި ކޮމިޝަނުން ހަމަޖައްސައިފިއެވެ. ކޮމިޝަނުން މިގޮތަށް ހަމަޖެއްސީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަލަށް އުފެއްދުމަށް ހަމަޖެހިފައިވާ ޒަކާތު ކޮމިޓީގައި ކޮމިޝަނުގެ ބޭފުޅަކު ހިމެނުމަށް އެ މިނިސްޓްރީ އެދިފައިވުމުންނެވެ.