ދިވެހިރާއްޖޭގެ ހައިކޯޓުގެ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހިމްއާ ޙަވާލުކުރައްވައިފި

30/5/2013

ދިވެހިރާއްޖޭގެ ހައިކޯޓުގެ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމްއާ ކޮމިޝަނުން ޙަވާލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު ވަގުތީގޮތުން ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތައް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމްއާ ހަވާލުކުރެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މައްޗަށް އެކޯޓުގެ 7 ފަނޑިޔާރަކު ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަރީފު 29 މެއި 2013 އިން ފެށިގެން ވަޒީފާއަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.