ހައިކޯޓުގެ އިސްފަނޑިޔާރުގެ މައްޗަށް އެކޯޓުގެ 7 ފަނޑިޔާރަކު ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަރީފު ސަސްޕެންޑް ކުރުމަށް ކޮމިޝަނުން ނިންމައިފި
29/5/2013
ހައިކޯޓުގެ އިސްފަނޑިޔާރުގެ މައްޗަށް އެކޯޓުގެ 7 ފަނޑިޔާރަކު ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަރީފު ސަސްޕެންޑް ކުރުމަށް މިއަދު ކޮމިޝަނުން ނިންމައިފިއެވެ.
ކޮމިޝަނުން މިގޮތަށް ނިންމީ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަރީފުގެ މައްޗަށް އެކޯޓުގެ 7 ފަނޑިޔާރަކު ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން އެޝަކުވާތަކުގެ ބާވަތަށާއި ހުށަހެޅިފައިވާ ކަންކަމަށް ބަލައި، އެޝަކުވާތައް ބަލައި ނިމެންދެން މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށެވެ.