ގއ. ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ގއ.ވިލިނގިލީ ގިފްޓް، އަލްފާޟިލް އަޒީމް ޙަސަން ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހަމަޖެއްސުން

28/3/2013

ގއ. ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ގއ.ވިލިނގިލީ ގިފްޓް، އަލްފާޟިލް އަޒީމް ޙަސަން ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް 01 އެޕްރީލް 2013 އިން ފެށިގެން ހަމަޖެއްސަވައިފިއެވެ.

ކޮމިޝަނުން މިގޮތަށް ހަމަޖެއްސެވީ، ގއ.ވިލިނގިލީ ގިފްޓް، އަލްފާޟިލް އަޒީމް ޙަސަނަކީ ގއ.ވިލިނގިލީ ބޭފުޅަކަށްވުމާއި ބަދަލުކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވަނީ މިހާރުވެސް ހުންނެވި ގއ.ޖުޑީޝަލް ދާއިރާގައި ހިމެނޭ ރަށަކަށް ކަމަށްވުމާއި، އަޒީމް ޙަސަން މިހާރު ހުންނެވި ގއ.ކޮލަމާފުށީގެ އާބާދީއަށްވުރެ ބަދަލުވާން އެދިލައްވާފައިވާ ގއ.ވިލިނގިލީގެ އާބާދީ އިތުރުވުމާއި، ވޭތުވެދިޔަ 2 އަހަރުގައި (2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގައި) ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަދަދަށްވުރެ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަދަދު އިތުރުވުމާއެކު، އަޒީމް ޙަސަން އެދިވަޑައިގެންފައިވާ ގޮތުގެމަތިން ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބަދަލުކުރަން ކޮމިޝަނުން ނިންމެވިއެވެ.