ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ބ.މަޅޮސް، ނަފާޕެލަސް، އަލްފާޟިލް ޢަބްދުއްރަޝީދު ޔޫސުފް ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް ހަމަޖެއްސެވުން

28/3/2013

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ބ.މަޅޮސް، ނަފާޕެލަސް، އަލްފާޟިލް ޢަބްދުއްރަޝީދު ޔޫސުފް ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް 01 އެޕްރީލް 2013 އިން ފެށިގެން ހަމަޖެއްސަވައިފިއެވެ.

މިގޮތަށް ކޮމިޝަނުން ހަމަޖެއްސެވީ، ބ.މާޅޮސް، ނަފާޕެލަސް އަލްފާޟިލް ޢަބްދުއްރަޝީދު ޔޫސުފަކީ ބ.މާޅޮހުގެ ބޭފުޅަކަށްވުމާއި ބަދަލުކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވަނީ މިހާރުވެސް ހުންނެވި ބ.ޖުޑީޝަލް ދާއިރާގައި ހިމެނޭ ރަށަކަށް ކަމަށްވުމާއި، ވޭތުވެދިޔަ 2 އަހަރުގައި (2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގައި) ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަދަދަށްވުރެ ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ޢަދަދު އިތުރުވެފައިވާތީ، ޢަބްދުއްރަޝީދު ޔޫސުފް އެދިލައްވާފައިވާ ގޮތަށް ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރަން ކޮމިޝަނުން ނިންމެވިއެވެ.