ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ޅ.ކުރެންދޫ، ބޮޑުގަސްދޮށުގެ، އަލްއުސްތާޛު ޙުސައިން އިބްރާހީމް ޅ.ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް ހަމަޖެއްސެވުން

28/3/2013

ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ޅ.ކުރެންދޫ، ބޮޑުގަސްދޮށުގެ، އަލްއުސްތާޛު ޙުސައިން އިބްރާހީމް ޅ.ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް 01 އެޕްރީލް 2013 އިން ފެށިގެން ހަމަޖެއްސަވައިފިއެވެ.

މިގޮތަށް ކޮމިޝަނުން ހަމަޖެއްސެވީ އަލްއުސްތާޛު ޙުސައިން އިބްރާހީމަކީ ޅ.ކުރެންދޫ ބޭފުޅަކަށްވުމާއި ޅ.ޖުޑީޝަލް ދާއިރާގައި ދާއިމީ މެޖިސްޓްރޭޓަކަށް ހުންނެވީ އެންމެ މެޖިސްޓްރޭޓަކަށްވުމާއެކު، އެ މެޖިސްޓްރޭޓް ޗުއްޓީ ނަންގަވައިފިނަމަ ނުވަތަ ބަލިވެގެން ސަލާމް ވިދާޅުވެވެއްޖެނަމަ އެ ދާއިރާ ޙަވާލުކުރާނެ އިތުރު އެއްވެސް މެޖިސްޓްރޭޓަކު އެދާއިރާގައި ނެތުމާއި ޙުސައިން އިބްރާހީމް ޅ.ޖުޑީޝަލް ދާއިރާއަށް ބަދަލުކުރެއްވި ނަމަވެސް، ރ.ޖުޑީޝަލް ދާއިރާގައި 08 މެޖިސްޓްރޭޓުން ތިއްބެވުމާ އަދި ރ.މަޑުއްވަރީ އާއި ޅ.ކުރެންދޫގެ އާބާދީއާއި އެ ދެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައިވެސް މާބޮޑު ތަފާތެއް ނެތުމުން ޙުސައިން އިބްރާހީމް އެދިލައްވާފައިވާގޮތަށް ޅ.ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރަން ކޮމިޝަނުން ނިންމެވިއެވެ.