ފަސްބޭފުޅަކު މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުއްވައިފި

ފަސްބޭފުޅަކު މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. އެގޮތުން މިއަދު މެޖިސްޓްރޭޓް ކަމުގެ މަޤާމަށް އަލަށް އައްޔަންކުރެއްވި ފަސްބޭފުޅުންނަށް މަޤާމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ހުސެއިންއެވެ.
މިއަދު ފަނޑިޔާރުކަމުގެ ހުވާކުރެއްވި ފަސް މެޖިސްޓްރޭޓުންނަކީ؛
އައްޔަނު ކުރި ކޯޓް |
އައްޔަނު ކުރި މަޤާމު |
ދާއިމީ އެޑްރެސް |
ނަން |
ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓް |
މެޖިސްޓްރޭޓް |
މާވަހަރުގެ / ރ. ކަނދޮޅުދޫ |
މުޙައްމަދު ޞާދިޤު |
އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓް |
މެޖިސްޓްރޭޓް |
ދުންފިނިގެ / އދ. މަހިބަދޫ |
އާމިނަތު ނިޔާޝާ |
ފ.ފީއަލި މެޖިސްޓްރޭޓް ކޯޓް |
އިސްމެޖިސްޓްރޭޓް |
ބިއްދޮށުގެ / ފ. ނިލަންދޫ |
ޢަލީ އަޙްމަދު |
ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓް |
އިސްމެޖިސްޓްރޭޓް |
ތުނޑި.އުލާ / ލ. ގަން |
ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރު |
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް |
މެޖިސްޓްރޭޓް |
މިސްކިތްމަގު.ބަހާރީ / ޏ.ފުވައްމުލަކު |
އަޙްމަދު އަކްރަމް |