ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ތިއްބެވި ދެ މެޖިސްޓްރޭޓުންގެ ތެރެއިން އެއްބޭފުޅަކު އެ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ހަމަޖެއްސުމަށާއި އަނެއްބޭފުޅާ ލ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓަކަށް ހަމަޖައްސަވައިފި

19/3/2013

ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ތިއްބެވި ދެ މެޖިސްޓްރޭޓުންގެ ތެރެއިން ލ.ފޮނަދޫ ފިނިހިޔާގެ ޢަބްދުއްލަތީފް ޢަލީ ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަޤާމަށް ހަމަޖެއްސުމަށާއި  ލ.ގާދޫ ހިތިގަސްދޮށުގެ އަޙްމަދު ފަހީމް ލ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓްކަމަށް 14 މާޗް 2013 އިން ފެށިގެން ހަމަޖެއްސުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ކޯޓު ތަކުގެ ޤާނޫނުގެ ދަށުން، މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުންގެ އަދަދު ކަނޑައެޅުމުގެ އުސޫލުގައި “އޮނިގަނޑު އެކުލަވާލުމުގައި އިސްތިސްނާ ޙާލަތެއްގެ ގޮތުގައި ބަލާނެ ޙާލަތްތަކުގެ ތެރޭގައި އާބާދީގައި 500 ހަމަވާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި، ކޯޓުތަކުގެ ޤާނޫނު އައިއިރު ތިއްބެވި މެޖިސްޓްރޭޓުންގެ އަދަދު މި އުސޫލުގެ ދަށުން އުފެދޭ މެޖިސްޓްރޭޓުންގެ މަޤާމުގެ އަދަދަށްވުރެ ގިނަނަމަ، އެކޯޓެއްގެ ދާއިމީ މެޖިސްޓްރޭޓަކު ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް ބުނެފައިވުމުންނެވެ.