ގއ. ގެމަނަފުށީ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމުގައި ހުންނެވި ގއ.ގެމަނަފުށި ރޯޅި އިބްރާހީމް މުނީރު އެ ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް ހަމަޖައްސަވައިފި

19/3/2013

ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމުގައި ހުންނެވި ގއ. ގެމަނަފުށި ރޯޅި އިބްރާހީމް މުނީރު ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް 14 މާޗް 2013 އިން ފެށިގެން ހަމަޖައްސަވައިފިއެވެ.

ކޮމިޝަނުން މިގޮތަށް ހަމަޖެއްސެވީ، ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުﷲ ފަހުމީ 01 ފެބްރުއަރީ 2013 އިން ފެށިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް ބަދަލުކޮށްފައިވުމުން، ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް މުނީރުގެ އިތުރުން އެކޯޓުގައި އިތުރު އެހެން މެޖިސްޓްރޭޓަކު ނެތުމާއެކު،  ކޯޓު އިސްމެޖިސްޓްރޭޓުން ކަނޑައެޅުމާބެހޭ އުޞޫލުގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ.