ބ. ކަމަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުންނެވި ބ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ބ.ކަމަދޫ ދޫރެސް އަޙްމަދު ޝުޖާޢު ބ. ކަމަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް ހަމަޖައްސަވައިފި

19/3/2013

ބ. ކަމަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުންނެވި ބ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ބ.ކަމަދޫ ދޫރެސް އަޙްމަދު ޝުޖާޢު ބ. ކަމަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް 14 މާޗް 2013 އިން ފެށިގެން ހަމަޖެއްސުމަށް ކޮމިޝަނުން ނިންމަވައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމެވީ 2013 ވަނަ އަހަރު މެޖިސްޓްރޭޓުންގެ އޮނިގަނޑު ރިވިއުކުރިއިރު ބ. ކަމަދޫގެ އާބާދީގައި 500 މީހުން ހަމަވެފައިވާތީ ބ. ކަމަދޫ މެޖިސްޓްރޭޓް ކޯޓުގައި ކޯޓް އިސްމެޖިސްޓްރޭޓެއްގެ މަޤާމު އުފެދިފައިވާތީ، ކޯޓު އިސްމެޖިސްޓްރޭޓުން ކަނޑައެޅުމާބެހޭ އުޞޫލުގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.