ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ތ.ވޭމަންޑޫ ވެޔޮދޮށުގެ ޔޫސުފް ޝަރީފް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބަދަލުކޮށްދެއްވުމަށް ނިންމައިފި

19/3/2013

ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުވުމުގެ ގަވާއިދުގެ ދަށުން، ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ތ.ވޭމަންޑޫ ވެޔޮދޮށުގެ ޔޫސުފް ޝަރީފް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބަދަލުކޮށްދެއްވުމަށް އެދިފައިވާތީ 01 އެޕްރީލް 2013 އިން ފެށިގެން ޔޫސުފް ޝަރީފް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބަދަލުކޮށްދެއްވުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމާފައިވަނީ ތ.ހިރިލަންދޫއަށްވުރެ ތ. ވޭމަންޑޫގެ އާބާދީ އިތުރުވުމާއި، ތ.ހިރިލަންދޫ އަށްވުރެ ތ. ވޭމަންޑޫ ކޯޓަށް ހުށަހެޅޭ މައްސަލައިގެ އަދަދު އިތުރުވުމާއި، އަދި މިވަގުތު ވޭމަންޑޫގައި މެޖިސްޓްރޭޓެއްގެ މަޤާމު ހުސްކޮށް އޮތުމާއި، ޔޫސުފް ޝަރީފަކީ ތ. ވޭމަންޑޫ ރައްޔިތަކަށްވެފައި އަނބިދަރިން ދިރިއުޅެމުންދަނީވެސް ވޭމަންޑޫގައި ކަމަށް ވުމާއެކު މިކަންތައްތަކަށް ރިއާޔަތްކޮށްގެންނެވެ.