ޔޫ.އެން.ގެ ސްޕެޝިއަލް ރެޕޮޓިއަރ އޮން ޖަޖަސް އެންޑް ލޯޔަރސް މިސިޒް ގެބްރިއަލާ ނައުލް ޖުޑީޝަލް ސަރވިސް ކޮމިޝަނާ މިއަދު ބައްދަލުކުރައްވައިފި

21/2/2013

ޔޫ.އެން.ގެ ސްޕެޝިއަލް ރެޕޮޓިއަރ އޮން ޖަޖަސް އެންޑް ލޯޔަރސް މިސިޒް ގެބްރިއަލާ ނައުލް ޖުޑީޝަލް ސަރވިސް ކޮމިޝަނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިސިޒް ގެބްރިއަލާ ނައުލް ޖުޑީޝަލް ސަރވިސް ކޮމިޝަނާ ގުޅޭގޮތުން އޮޅުން ފިލުވުމަށް އެދިވަޑައިގެންނެވި މަޢުލޫމާތުތައް ކޮމިޝަނުންގެ މެމްބަރުންވަނީ އެކަމަނާއާ ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކޮމިޝަންގެ ރައީސްވަނީ ކޮމިޝަންގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ގޮތާއި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ގެންގުޅެމުންދާ އުސޫލުތައް  އޮޅުން ފިލުވައިދެއްވާފައެވެ. ހަމައެއާއެކު ކޮމިޝަން ހިގަމުންދާގޮތާއި ކޮމިޝަންގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވާގޮތާއި އަދި ކޮމިޝަންގެ މަސައްކަތްތައް  އިތުރަށް ހަރުދަނާކުރުމަށް ކޮމިޝަނަށް ބޭނުންވާ ކަންތައްތައް ހިމެނޭގޮތުން، ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލްވަނީ  ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާއި ކޮމިޝަންގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

20 ފެބުރުއަރީ 2013