49 މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން ހޯދުމަށް އިޢުލާން ކޮށްފި
31/1/2013
49 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު އިޢުލާންކޮށްފިއެވެ. އެގޮތުން އިޢުލާންކޮށްފައިވަނީ ކޯޓް އިސްމެޖިސްޓްރޭޓްކަމުގެ 41 މަޤާމާއި މެޖިސްޓްރޭޓް ކަމުގެ 8 މަޤާމަށެވެ.
މި މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ކުރިން މިކަމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. މި ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކޮމިޝަންގެ އިދާރާއިން ލިބެން ހުންނާނެއެވެ. މެޖިސްޓްރޭޓުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާން ދިވެހި ސަރުކާރުގެ ގެޒެޓާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.