ހަތް ބޭފުޅަކު މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުއަރުވައިފި

8/1/2013

ހަތް ބޭފުޅަކު މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުއަރުވައިފިއެވެ. މިކަމަށްޓަކައި މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި އެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.

މިއަދު ފަނޑިޔާރުކަމުގެ ހުވާކުރެއްވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛު ޢަބްދުﷲ ދީދީއެވެ. މިއަދު މަޤާމުގެ ހުވާކުރައްވައި ފަތްކޮޅު އެރުވުނު 7 ބޭފުޅުންނަކީ؛

  1. ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް ޅ. ކުރެންދޫ ބޮޑުގަސްދޮށުގޭ އަލްއުސްތާޛު ޙުސައިން އިބްރާހީމް
  2. ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް، އެރަށު ޖަވާހިރުމާގޭ އަލްއުސްތާޛު ޢަދުނާން ޙުސައިން
  3. ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް، އެރަށު ރަނައުރާގޭ އަލްއުސްތާޛާ އުއްމުކުލްސޫމް އަބޫބަކުރު
  4. ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް، ބ.މާޅޮހު ނަފާޕެލަސް އަލްފަޟިލް ޢަބްދުރަޝީދު ޔޫސުފު
  5. ކ. ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް، ސ.ފޭދޫ ބެލޫން އަލްއުސްތާޛާ މަރިޔަމް ވަޙީދު
  6. އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް، ގަލޮޅު ނޫރާނީވިލާ އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފު
  7. ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް، އެރަށު ދޮންދީދީމަންޒިލް އައްޝައިޙް މުޙައްމަދު ޠައްޔިބު