ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް އަލްފާޟިލް ޢަލީ މޫސާ ރިޓަޔަކޮށްދެއްވުމަށް ނިންމައިފި

26/12/2012

“ޢުމުރުން 55 އަހަރު ވުމުން އަމިއްލައަށް ވަކިވާން ބޭނުން ފަނޑިޔާރުންނަށާއި 55 އަހަރު ނުވިނަމަވެސް ޞިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކޮށް އިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ޤަވާއިދު” ގެ ދަށުން ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް އަލްފާޟިލް ޢަލީ މޫސާ 1 ޖެނުއަރީ 2013 ން ފެށިގެން ރިޓަޔަކޮށްދިނުމަށް ކޮމިޝަނުން ނިންމައިފިއެވެ.

މި ޤަވާއިދުގެ ދަށުން އަމިއްލައަށް އެދިވަޑައިގަތުމުން، ފަނޑިޔާރުން ރިޓަޔަކުރުމުގައި ކޮމިޝަނުން މިހާތަނަށް އެންމެ އިސްކަމެއް ދެއްވައިފައިވަނީ އުމުރުން ދުވަސްވުމުންނާއި ބަލިހާލަތު ހުރިގޮތުން ފަނޑިޔާރުކަމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިސްކަންދެއްވިއިގެންނެވެ.