ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުވުމުގައި ޢަމަލުކުރާނެ ޤަވާއިދުގެ ދަށުން، ތިން ބޭފުޅަކު ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފި

26/12/2012

ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުވުމުގައި ޢަމަލުކުރާނެ ޤަވާއިދުގެ ދަށުން، އެބޭފުޅުން މަސައްކަތްކުރައްވަމުން ގެންދަވާ ކޯޓުން އެހެން ކޯޓަކަށް ބަދަލުވުމަށް އަމިއްލައަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޝަނުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، ތިން ބޭފުޅަކު 1 ޖެނުއަރީ 2013 އިން ފެށިގެން ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

އެގޮތުން ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުވުމުގައި ޢަމަލުކުރާނެ ގަވާއިދުގެ ދަށުން، ބަދަލުވުމަށް އެދިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން ކޮމިޝަނުން ބަދަލުކުރުމަށް ނިންމާފައިވަނީ، ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޢަބްދުﷲ އަދީބު ފެމިލީ ކޯޓުގެ ޤާޟީކަމަށް ބަދަލުކުރުމަށާއި، މ.މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމުގައި ހުންނެވި، އަލްފާޟިލް ޙަސަން ޒަރީރު މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓުކަމަށް ބަދަލުކުރުމަށާއި، ރ.ކިނޮޅަހު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމުގައި ހުންނެވި، އަލްފާޟިލް ޢަބްދުﷲ ރަޝީދު ރ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓަކަށް، ބަދަލުކުރުމަށެވެ.