“އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާން ބޭނުންވާ ފަނޑިޔާރުންނަށާ، 55 އަހަރު ނުވިނަމަވެސް ޞިއްހީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅި ކުރުމުގައި ޢަމަލުކުރާނެ ޤަވާއިދު” ގެދަށުން 19 ފަނޑިޔާރަކު 3 ޑިސެމްބަރ 2012 އިން ފެށިގެން ރިޓަޔަރކޮށްދެއްވާގޮތަށް ހަމަޖައްސައިފި

27/11/2012

“އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާން ބޭނުންވާ ފަނޑިޔާރުންނަށާ، 55 އަހަރު ނުވިނަމަވެސް ޞިއްހީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅި ކުރުމުގައި ޢަމަލުކުރާނެ ޤަވާއިދު” ގެދަށުން ރިޓަޔަރކުރަން އެދިފައިވާ ފަނޑިޔާރުންގެ ތެރެއިން 19 ފަނޑިޔާރަކު އަންނަ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުން ފެށިގެން ރިޓަޔަކޮށްދެއްވާގޮތަށް ކޮމިޝަނުން ހަމަޖއްސައިފިއެވެ.

އެގޮތުން “އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާން ބޭނުންވާ ފަނޑިޔާރުންނަށާ، 55 އަހަރު ނުވިނަމަވެސް ޞިއްހީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅި ކުރުމުގައި ޢަމަލުކުރާނެ ޤަވާއިދު” ގެދަށުން ރިޓަޔަރކޮށްދެއްވުމަށް ހަމަޖެއްސެވި ބޭފުޅުންނަކީ އުމުރުން ދުވަސްވުމާއި ބަލިހާލު ހުރިގޮތަށް ބަލާ، މި ޤަވާއިދުގެ ދަށުން ކޮމިޝަނުން ރިޓަޔަކޮށްދެއްވި ބޭފުޅުންނެވެ.