ޖުޑީޝަލް 5 ދާއިރާއަށް، ދާއިރާ އިސްމެޖިސްޓްރޭޓުން މިއަދު ކޮމިޝަނުން ކަނޑައަޅައިފި
12/11/2012
ޖުޑީޝަލް ދާއިރާތަކަށް ދާއިރާ އިސްމެޖިސްޓްރޭޓުން ކަނޑައެޅުމަށް ކުރި އިޢުލާނާގުޅިގެން އެމާޤަމަށް ކުރިމަތިލީ މެޖިސްޓްރޭޓުންގެ ތެރެއިން ޖުޑީޝަލް 5 ދާއިރާއަށް، ދާއިރާ އިސްމެޖިސްޓްރޭޓުން މިއަދު ކޮމިޝަނުން ކަނޑައަޅައިފިއެވެ.
އެގޮތުން ދާއިރާއިސްމެޖިސްޓްރޭޓުންގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ބޭފުޅުންނަކީ؛
- އަޙުމްދު މޫސާމަނިކު / ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް
- ޢަބްދުލްރައްޒާޤު މުޙައްމަދު / ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓް
- ޙަސަން ޒަހީން / ތ.ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް
- ޢަލީ ޝަރީފް / ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓް
- މުޙައްމަދު ރާޣިބް އަޙުމަދު / ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓް
ކޮމިޝަނުން މިބޭފުޅުން ކަނޑައަޅުއްވާފައިވަނީ މިކަމަށް އެދި ކުރިމަތިލުމަށް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވުމުން، ކުރައިޓީރިއާގައިވާގޮތުގެމަތިން އިންޓަވިއުކުރުމަށްފަހު، ކޮމިޝަންގައި ނެންގެވި ސިއްރުވޯޓަކުންނެވެ.