01 ނޮވެމްބަރު 2012 އިން ފެށިގެން 04 މެޖިސްޓްރޭޓަކު ވަޒިފާއިން މުސްކުޅިކުރުމަށް ނިންމައިފި

31/10/2012

01 ނޮވެމްބަރު 2012 އިން ފެށިގެން 04 މެޖިސްޓްރޭޓަކު “ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް ވަކިވާން ބޭނުން ފަނޑިޔާރުންނަށާއި 55 އަހަރު ނުވިނަމަވެސް ޞިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކޮށް އިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު” ގެ ދަށުން ވަޒިފާއިން މުސްކުޅިކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ. އެގޮތުން މި ޤަވާއިދުގެ ދަށުން ރިޓަޔަކުރެވިގެންދަނީ، ތިރިގައިވާ 04 ބޭފުޅުންނެވެ.

#

ނަން

އެޑްރެސް

މަޤާމް

ވަޒީފާ އަދާކުރައްވާ ކޯޓް

1

އަލްފާޟިލް ޢީސާ ޙުސައިން

މުސްތަރީގެ، ތ.ވޭމަންޑޫ

މެޖިސްޓްރޭޓް

ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓް

2

އަލްފާޟިލް ޢަބްދުﷲ ޢަފީފް

ހިތައްފިނިވާގެ، ލ.މާމެންދޫ

މެޖިސްޓްރޭޓް

ލ. ގަމު މެޖިސްޓްރޭޓް ކޯޓް (ތުނޑީ ސެކްޝަން)

3

އަލްފާޟިލް މުޙައްމަދު އިބްރާހީމް

އުތުރުގެ، ތ.ތިމަރަފުށި

 މެޖިސްޓްރޭޓް (މ.ޖުޑީޝަލް ދާއިރާ)

މ. ވޭވަށު މެޖިސްޓްރޭޓް ކޯޓް

4

އަލްފާޟިލް މޫސާ އަބޫބަކުރު

ނިވުހޯޕް، ހދ.ކުޅުދުއްފުށި

ކޯޓް އިސްމެޖިސްޓްރޭޓް

ހދ. ކުރިނބީ މެޖިސްޓްރޭޓް ކޯޓް

މި ހަތަރު ބޭފުޅުންނަކީވެސް ބަލިހާލު ހުރިގޮތުންނާއި، ޞިއްިޙީ ތަފާތު މައްސަލަތަކުގެ ސަބަބުން ފަނޑިޔާރުކަމުން ރިޓަޔަކުރެއްވުމަށް އެދިލައްވާފައިވާ 04 ބޭފުޅުންނެވެ.

ކޮމިޝަނުން ވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައިި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމަށް ކ.ގުޅި، ޑޭލައިޓް އަލްއުސްތާޛު މުޙައްމަދު ޢާމިރާއި އަދި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް  ޅ. ނައިފަރު، ސިނަމާގެ އަލްއުސްތާޛު މުޙައްމަދު މޫސާ، ޢައްޔަންކުރައްވައި މަޤާމުގެ ހުވާކުރައްވައި އެ ދެ ބޭފުޅުންނަށް މަޤާމު ފަތްކޮޅު ދެއްވައިފިއެވެ.