ކެނެޑާގެ ޖުޑިޝަރީގެ އިސްބައެއް ފަރާތްތައް ހިމެނޭ ވަފުދަކާއެކު ކޮމިޝަނުން ބައްދަލުވުންތަކެއް ބާއްވައިފި

9/10/2012

ކެނެޑާގެ ޖުޑިޝަރީގެ އިސްބައެއް ފަރާތްތައް ހިމެނޭ ވަފުދަކާއެކު ކޮމިޝަނުން ބައްދަލުވުންތަކެއް ބާއްވާއިފިއެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު އަމާޒަކީ ދެޤައުމުގެ ޖުޑީޝަރީ ދެނެގަނެ، އެއްގައުމު އަނެއްގައުމަށް މަޢުލޫމާތު ބަދަލުކުރުމެވެ. އެގޮތުން ދިވެހިރާއްޖޭގެ ޖުޑީޝަރީ ހަރުދަނާކޮށް، ތަރަށްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި ކެނެޑާގެ ޖުޑީޝަރީގެ މަސައްކަތްތައް ހިގަމުންދާ ގޮތުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. މި ބައްދަލުވުންތަކަކީ ވަރަށް ކާމިޔާބު، މުހިންމު ބައްދަލުވުންތަކެއްކަމަށް ކޮމިޝަނުން ދެކެއެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކެނެޑާގެ ވަފުދުގައި ހިމެނބިވަޑައިގަންނަވަނީ، ކެނެޑަރގެ ކޯޓް އޮފް އެޕީލް  އޮފް ނިއު ފައުންޑްލޭންޑްގެ އޮނަރަބަލް ޗީފް ޖަސްޓިސް ޖޭ. ޑެރެކް ގްރީން އާއި ކޯޓް އޮފް އެޕީލް އޮފް ނިއު ބްރަންސްވިރިކް އޮނަރަބަލް ޖަސްޓިސް ޖޭ.ސީ މާކް ރިޗަރޑް އާއި ކެނެޑާގެ ޖުޑީޝަރީގެ އިސްބައެއް ފަރާތްތަކެވެ.  މިކޮމިޝަނުންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަންގެ މެމްބަރުންނާއި އިދާރީ އިސް މުވައްޒަފުންނެވެ.