ދެ ބޭފުޅަކު މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައި، އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުދެއްވައިފި
27/8/2012
އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމަށް ކ.ގުޅި، ޑޭލައިޓް އަލްއުސްތާޛު މުޙައްމަދު ޢާމިރު، އަދި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޅ. ނައިފަރު، ސިނަމާގެ އަލްއުސްތާޛު މުޙައްމަދު މޫސާ، ޢައްޔަންކުރައްވައި މަޤާމުގެ ހުވާކުރައްވައި އެ ދެ ބޭފުޅުންނަށް މަޤާމު ފަތްކޮޅު މިއަދު ދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވުނު ރަސްމިއްޔާތުގައި މި ދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާލައިދެއްވީ ސްޕުރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އެބޭފުޅުންނަށް ފަތްކޮޅު އެރުއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު އަބްދުﷲއެވެ.