މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގައި، ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީޒް ކޯސް ފުރިހަމަކޮށް ހުށަހަޅުއްވާ ސެޓްފިކެޓް ޤަބޫލުކުރުމަށް ނިންމައިފި

18/3/2012

މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގައި، ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީޒް ކޯސް ފުރިހަމަކޮށް ހުށަހަޅުއްވާ ސެޓްފިކެޓް ޤަބޫލުކުރުމަށް ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމެވީ، ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީޒް ކޯހަކީ ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯހެއްކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކަނޑައަޅައިފައިވުމުންނެވެ. އެހެންކަމުން މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ނެގުމަށް މިހާރުކޮށްފައިވާ އިޢުލާންގައި ފަނޑިޔާރުންގެ ތަޢުލީމުގެ ބައިގައި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި ޝަރީޢަތުން ޑިޕްލޮމާ ސެޓްފިކެޓް ހާސިލްކުރުމަށް ކަނޑައަޅާފައިވާ ތައުލީމީ މިންގަނޑުގައި ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީޒް ކޯސް ފުރިހަމަކޮށް ހުށަހަޅުއްވާ ސެޓްފިކެޓްވެސް ހިމެނިގެންދާނެއެވެ.