ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް އަހުމަދު ލަތީފަށް ރޭ ފަތިހު ބަޔަކު ހަމަލަދީ ހިންގާފައިވާ ޖަރީމާ، ކޮމިޝަނުން ކުއްވެރިކުރަން

8/3/2012

ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް އަހުމަދު ލަތީފަށް ރޭ ފަތިހު ބަޔަކު ހަމަލަދީ ވައަތުފައިގެ ތަނބިކަށިމަތީން ބިންދާލައި އަދިވެސް އިތުރު ޖިސްމާނީ އަނިޔާތެއް ދީ ހިންގާފައިވާ މި ޖަރީމާ، މިކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި މިކަމުގައި ބައިވެރިވެފައިވާ އެންމެހާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުއްވުމަށްވެސް މިކޮމިޝަނުން ގޮވާލަމެވެ.

މިފަދަ ޢަމަލުތަކަކީ އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި ޢަދުލުއިންސާފު ޤާއިމުކުރުމަށް ބުރޫއަރާ، އަދި އެ މަސައްކަތުގައި ހުރިހާ ވަގުތެއް ތަޚުސީސްކުރައްވައިގެން ތިއްބެވި ފަނޑިޔާރުންނަށް އެބޭފުޅުންގެ ވާޖިބާއި ޒިންމާ އަދާކުރުމަށް ފާޅުގައި ހުރަސް އެޅުމަށް ބަޔަކު ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ ނާތުހުޒީބީ ޢަމަލެއްކަމަށް މި ކޮމިޝަނުން ދެކެމެވެ.