“އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާންބޭނުންވާ ފަނޑިޔާރުންނަށާ، 55 އަހަރު ނުވިނަމަވެސް ޞިއްހީސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅި ކުރުމުގައި ޢަމަލުކުރާނެ ޤަވާއިދު”ގެދަށުން އިތުރު 5 ފަނޑިޔާރަކު 1 މާޗު 2012 އިން ފެށިގެން ރިޓަޔަރކޮށްދެއްވައިފި

29/2/2012

“އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާން ބޭނުންވާ ފަނޑިޔާރުންނަށާ، 55 އަހަރު ނުވިނަމަވެސް ޞިއްހީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅި ކުރުމުގައި ޢަމަލުކުރާނެ ޤަވާއިދު” ގެދަށުން ރިޓަޔަރކުރަން އެދިފައިވާ ފަނޑިޔާރުންގެ ތެރެއިން އިތުރު 05 ފަނޑިޔާރަކު މިއަދު ކޮމިޝަނުން ރިޓަޔަރކޮށްދެއްވައިފިއެވެ. އެގޮތުން މިއަދު ރިޓަޔަރކޮށްދެއްވި 05 ބޭފުޅުންނަކީ އުމުރުން ދުވަސްވުމާއި ބަލިހާލު ހުރިގޮތަށް ބަލާ، މި ޤަވާއިދުގެ ދަށުން ކޮމިޝަނުން ރިޓަޔަކޮށްދެއްވި 05 ބޭފުޅުންނެވެ.

އެހެންކަމުން ހުސްވި 2011 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ރިޓަޔަކޮށްދެއްވި 04 ބޭފުޅުންނާއި 01 މާޗް 2012 އިން ފެށިގެން ރިޓަޔަކުރެއްވުމަށް ކޮމިޝަނުން މި މަހު 21 ގައި ނިންމެވި 09 ބޭފުޅުންނާއި އަދި 01 މާޗް 2012 އިން ފެށިގެން ރިޓަޔަކުރުމަށް މިއަދު ނިންމެވި 05 ބޭފުޅުންނާއެކު، ޖުމްލަ 18 ބޭފުޅަކު މިހާތަނަށް މި ޤަވާއިދުގެ ދަށުން މިވަނީ ރިޓަޔަކޮށްދެއްވާފައެވެ. 01 މާޗް 2012 އިން ފެށިގެން ރިޓަޔަކުރުމަށް މިއަދު ކޮމިޝަނުން ނިންމެވި  05 ބޭފުޅުންނަކީ؛

ނަން

މަޤާމު

ވަޒީފާ އަދާކުރައްވާ ކޯޓް

އަލްފާޟިލް މުޙައްމަދު އާދަމް، ށ.މާއުނގުދޫ، ފީރޯޒުގެ

ކޯޓް އިސްމެޖިސްޓްރޭޓް

ށ. މާއުނގުދޫ މެޖިސްޓްރޭޓް ކޯޓް

އަލްފާޟިލް ޢަބްދުލްމުޙުސިން، ގއ. މާމެންދޫ، ނޫރީފެހި

ކޯޓް އިސް މެޖިސްޓްރޭޓް

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓް

އަލްފާޟިލް ޢަބްދުލްމުޙްސިން އާދަމް، ޅ.ނައިފަރު،ބިގީޗާގެ

ކޯޓް އިސްމެޖިސްޓްރޭޓް

ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓް

އަލްފާޟިލް ނިޒާރު އާދަމް، ރ.މަޑުއްވަރީ، ނޫރާނީވިލާ

ކޯޓް އިސްމެޖިސްޓްރޭޓް

ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް

އަލްފާޟިލް މޫސާ އިބުރާހީމް، ރ.މީދޫ، މޫނިމާގެ

ކޯޓް އިސްމެޖިސްޓްރޭޓް

ރ.މީދޫ މެޖިސްޓްރޭޓް ކޯޓް