ޤައުމީޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ “ފެކަލްޓީ އެޑްވައިޒަރީ ކޮމެޓީ” ގެ ކުރިއަށްއޮތް ދައުރުގައި ކޮމިޝަން ތަމްސީލްކުރައްވާނެ މެމްބަރެއްގެ ގޮތުގައި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙުމަދު ރަޝީދު ހަމަޖައްސައިފި

23/2/2012

ޤައުމީޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ “ފެކަލްޓީ އެޑްވައިޒަރީ ކޮމެޓީ” ގެ ކުރިއަށްއޮތް ދައުރުގައި ކޮމިޝަން ތަމްސީލްކުރައްވާނެ މެމްބަރެއްގެ ގޮތުގައި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙުމަދު ރަޝީދު ހަމަޖައްސައިފިއެވެ.

ޤައުމީޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ “ފެކަލްޓީ އެޑްވައިޒަރީ ކޮމެޓީ” ގެ ޤަވާއިދުގައިވާ ދެއަހަރުގެ ދައުރު 2011 ގެ ނިޔަލަށް ހަމަވުމާއި ގުޅިގެން ކުރިއަށް އޮތް ދެއަހަރަށް އަލުން އެ ކޮމެޓީ އެކުލަވާލުމަށްޓަކައި، މިކޮމިޝަނުން އެކޮމެޓީގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅަކު ހަމަޖައްސަވައިދެއްވުން އެދިފައިވާތީ، ޤައުމީޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ “ފެކަލްޓީ އެޑްވައިޒަރީ ކޮމެޓީ” ގެ މެމްބަރެއްގެ ގޮތުގައި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙުމަދު ރަޝީދު ހަމަޖެއްސެވުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މި ކޮމެޓީގެ ނިމިދިއަ ދައުރުގައި ކޮމިޝަނުގެ ފަރާތުން މިކޮމެޓީއަށް ކަނޑައަޅުއްވާފައި ހުންނެވި މެމްބަރަކީ ޑރ. އަފުރާޝީމް ޢަލީއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ކޮމިޝަންގެ މެމްބަރުކަމުން ޑރ. އަފުރާޝީމް ޢަލީ ވަކިކުރެއްވުމާއި ގުޅިގެން، ދެން މި މަޤާމު ހުސްމި ދައުރުގައި ފުރުއްވާފައިވަނީ، ކޮމިޝަންގެ މެމްބަރު އައްޝައިހު ޝުޢައިބު އަބުދުރަޙުމާނެވެ.