މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ޑްރަގު ކޯޓަށް ފަނޑިޔާރުންނެގުމަށް އެކުލަވާލާފައިވާ ޕެނަލުން އެކޯޓުގެ ޤާޟީކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތްފަށައިފި

23/2/2012

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2011/17)ގެ ދަށުން އުފައްދަވާފައިވާ  ޑްރަގު ކޯޓަށް ފަނޑިޔާރުންނެގުމަށް އެކުލަވާލާފައިވާ ޕެނަލުން އެކޯޓުގެ ޤާޟީކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް އެބަގެންދަވައެވެ.

މިކަމަށްޓަކައި ކޮމިޝަނުން އެކުލަވާލާފައިވާ ޕެނަލުން މިއަދު ހެނދުނު 9:00 އިން ފެށިގެން އިންޓަވިއުކުރުމުގެ މަސައްކަތްކުރަމުން ގެންދަވަނީ، ޑްރަގު ކޯޓުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެކޯޓަށް ބޭނުންވާ 5 ފަނޑިޔާރުން ނެގުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުން ދީފައިވާ 60 ދުވަހުގެ ތެރޭގައި އެކަން ނިންމުމަށްޓަކައެވެ. އެގޮތުން މި ކަމަށް އެދި ހުށަހަޅާފައިވާ ބޭފުޅުންގެ ތެރެއިން އިންޓަވިއުކުރުމަށް ހަމަޖެހިފައިވަނީ 27 ބޭފުޅުންނާއެވެ.

ޑްރަގް ކޯޓުގެ ފަނޑިޔާރުކަމަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރޭގައި މެޖިސްޓްރޭޓުންނާއި ޤާނޫނީ ވަލީހުން ހިމެނެއެވެ.