ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދާގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާ ތަޙުޤީޤުކުރުމަށްފަހު، އެ ޝަކުވާގައި ފިޔަވަޅެއް އެޅުމުގެ ކުރިން، އެ މައްސަލަ ސިވިލްކޯޓަށް ހުށަހަޅައި، އެކޯޓުން ވަކިއެއްޗެއް އަންގަންދެން، މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވުމަށް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރު އިސްތިއުނާފުކުރުމަށް ކޮމިޝަނުން މިއަދު ހައިކޯޓަށް ހުށަހަޅައިފި

24/1/2012

ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދާގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާ ތަޙުޤީޤުކުރުމަށްފަހު، އެ ޝަކުވާގައި ފިޔަވަޅެއް އެޅުމުގެ ކުރިން، އެ މައްސަލަ ސިވިލްކޯޓަށް ހުށަހަޅައި، އެކޯޓުން ވަކިއެއްޗެއް އަންގަންދެން، މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވުމަށް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، މި މައްސަލައަކީ އިސްތިއުނާފީ މަރުޚަލާގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށް 19 ޖެނުއަރީ 2012 ގައި ސުޕްރީމް ކޯޓުން ނިންމަވާފައިވުމާއެކު، ކޮމިޝަނުން މި މައްސަލަ އިސްތިއުނާފުކުރުމަށް މިއަދު (24 ޖެނުއަރީ 2012 )ގައި ހައިކޯޓަށް ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދާގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާ ތަޙުޤީޤުކުރުމަށްފަހު، ޤާނޫނުގައިވާގޮތުގެ މަތިން އެފަނޑިޔާރަކު ޖަވާބުދާތީވުމުގެ ގޮތުން، ތަޙުޤީޤު ރިޕޯޓް ދިނުމުން، ޤާނޫނުގައި އެކަމަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވުމުގެކުރިން، އެފަނޑިޔާރުވަނީ، އެ މައްސަލަ، ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދި މިކަމާގުޅިގެން އެކޯޓުން ވަކިއެއްޗެއް އަންގަންދެން، މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވުމަށް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުންވަނީ ކޯޓުއަމުރެއް ނެރެފައެވެ.