ހައިކޯޓުގެ ފަނޑިޔާރު ސިވިލްކޯޓަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމެވި ނިންމުން ބާޠިލްކޮށްފި

29/12/2011

ހައިކޯޓުގެ ފަނޑިޔާރު އައްޝައިޚު ޔޫސުފު ޙުސައިން ސިވިލް ކޯޓަށް ބަދަލުވުމަށް އައްމިއްލަފުޅަށް އެދިވަޑައިގެން ކޮމިޝަނަށް ހުށަހަޅާފައިވުމުން 22 ޑިސެމްބަރު 2011 ގައި ކޮމިޝަންގެ 130 ވަނަ ބައްދަލުވުމުގައި 01 ޖެނުއަރީ 2012 އިން ފެށިގެން އައްޝައިޚު ޔޫސުފު ޙުސައިން ސިވިލް ކޯޓުގެ ޤާޟީއަކަށް ބަދަލުކުރުމަށް ނިންމަވާފައިވާ ނިންމެވުން، ބާޠިލްކުރުމަށް ކޮމިޝަނުން މިއަދު ނިންމަވައިފިއެވެ.

އެގޮތަށް ކޮމިޝަނުން ނިންމެވީ މިކަންކުރުމަށް ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ ވަގުތު އައުމުގެކުރިން، އަދި އެނިންމުމާއި ގުޅިގެން ކޮމިޝަނުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައްވެސް ފުރިހަމަ ވުމުގެކުރިން، އައްޝައިޚު ޔޫސުފު ޙުސައިން ކުރިން ހުށަހަޅުއްވާފައިވާ ހުށަހެޅުން ބާތިލްކޮށްދެއްވުމަށް މިއަދު  ކޮމިޝަންގައި އެދިވަޑައިގަންފައިވުމާއެކު، ކޮމިޝަނުން އެކަން އެގޮތަށް ނިންމެވީއެވެ.