އަދުލް އިންޞާފު ޤާއިމުކުރެވިގެން ނޫނީ އެއްވެސް މުޖުތަމަޢައަކަށް ހަމަޖެހުމެއް ނުލިބޭނެ- ކޮމިޝަންގެ ރައީސް
އަދުލް އިންސާފު ޤާއިމުކުރެވިގެން ނޫނީ އެއްވެސް މުޖުތަމައަކަށް ނުވަތަ ޖަމަޢާތަށްވެސް ހަޤީޤީ ހިންހަމަޖެހުމެއް ލިބިގެން ނުދާނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް މިދާޅުވީ، 07 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން ޢައްޔަންކޮށް ހުވާކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުންނެވެ. ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދުގެ ވާހަކަ ފުޅުގައި އަދުލު އިންޞާދު އެންމެ ފުރިހައަށް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ބުރަމަސައްކަތަކީ ފަނޑިޔާރުންގެ މަސައްކަތެއްކަމާއި، މި މަސައްކަތް އަދާކުރައްވަމުން ވަޑައިގަންނަވަން ވާނީ އަދާކުރައްވަން ޖެހިވަޑައިގަންނަވާފައިވާ އަޅުކަމެއްގެ ގޮތުގައި ދެކި، ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސިއާއި ޤާނޫނުތަކުން ލިބިވަޑައިގެންފައިވާ ބާރުތައް ބޭނުންކުރައްވަން ވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުގެ ހުދޫދުގެ ތެރެއިންކަމަށްވެސް މިދާޅުވިއެވެ.
މިއަދު ކޮމިޝަންގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކުރެއްވި މެޖިސްޓްރޭޓުންނަށް ފަނޑިޔާރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. މިއަދު ޢައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވަނީ ޑިގްރީ ލެވަލްގެ 3 ބޭފުޅަކާއި ޑިޕްލަމާާ ފެންވަރުގެ 04 ބޭފުޅުންނެވެ. މިގޮތުން މިއަދު ފަނޑިޔާރުކަމުގެ ހުވާކުރެއްވެވި ބޭފުޅުން ތިރީގައި މިވަނީއެވެ.
މެޖިސްޓްރޭޓް ކޯޓު | ނަން | # |
ކ. ގާފަރު | ޢަލީ ޝަފީޤު/ބިއްލޫރިވިލާ،ދ.މީދޫ | 1 |
ގއ. ދެއްވަދޫ | އަޙްމަދު ޝަރީފް/މީރާގެ،ގދ.ތިނަދޫ | 2 |
އދ. މާމިގިލި | މުޙައްމަދު ޢީސާފުޅު/ދަފްތަރު 6249 | 3 |
އދ. އޮމަދޫ | އާދަމް އިބްރާހީމް /ދަފްތަރު | 4 |
އއ. އުކުޅަސް | އަޙްމަދު މުއާވިޔަތު ޤާސިމް/ފަހެލަ،ގއ.ކޮނޑޭ | 5 |
ސ. ހިތަދޫ | ރަފީޢުއްދީން އަޙްމަދު /ސްނޯޑްރޮޕް،ސ.ހިތަދޫ | 6 |
މ. ދިއްގަރު | ޙުސައިން ޢާމިރު/ގުލާބީގެ،ހދ.ނޭކުރެންދޫ | 7 |