ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ހަދަންހުރި ޤަވާއިދުތަކުގެ ތެރެއިން ނުނިމިހުރި ޤަވާއިދުތައް ހެދުމަށް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ކޮންސަލްޓެންސީ (އީ.ޓީ.ސީ) އާ ހަވާލުކޮށްފި

2/11/2011

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ހަދަންހުރި ޤަވާއިދުތަކުގެ ތެރެއިން ނުނިމިހުރި ޤަވާއިދުތައް ހެދުމަށް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ކޮންސަލްޓެންސީ (އީ.ޓީ.ސީ) އާ ހަވާލުކޮށްފިއެވެ.

އެގޮތުން އީ.ޓީ.ސީއާ ހަވާލުކުރި ޤަވާއިދުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުންގެ ފެންވަރު ބަލާ ވަޒަންކުރުމާއި ބެހޭ ޤަވާއިދާއި، ފަނޑިޔާރުން ރިޓަޔަރ ވުމުގެ  ކަންކަމާބެހޭ ޤަވާއިދާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އިޖުރާޢީ ޤަވާއިދާއި ދިވެހިފަނޑިޔާރުންގެ ޤަވާއިދެވެ.